Monday, July 6, 2009

ޑީ.އާރު.ޕީ އާއި މަސްތުވާތެކެތި

ދާދިފަހުން ފުލުހުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދާދާއެއް އަތުލައިގެންފިއެވެ. އެކަމާއި އުފަލުން ޓީވީ މޯލްޑިވސް އާއި ދިރާގު ފަދަތަންތަނުގެ ޒަމާނީ ވަސީލަތްތަށް ބޭނުން ކޮށްގެން ލައިވް ކޮންފެރެންސްތަށް ދީ، އަމިއްލަ ޖަމިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ޕޮލިސް ކަމިސަނަރާއި، މިނިސްޓަރުވެސް ތަގުރީރުކޮށް، މާލެއާއި، މުޅިރާއްޖޭގައި އުފާފާޅުކޮށް ސައިކަލުބުރުޖަހާ، ދުންއަރުވާ، ބުންބެރުޖަހާ އުފަލުން މުޅިގައުމު ނަށަން ފެށިއެވެ. މަސްތުވާތަކެއްޗަށް މައުމޫނުގެ ސަރުކާރުގައި ހުޅުވި ދޮރުތަށް ބަންދުކުރާތަން ފެނިފައެވެ. މައުމޫނު މިކަން މިރާއްޖެއަށް ފަތުރާފަހުރީ ތިޔަބުނާހެނެއްނޫނެވެ. ކިލޯއިންނާއި، ޓަނުންނާއި، ބޮޑެތި އާގުބޯޓުފަހަރުގައި ސިމެންތި އުފުލާހެން މިތަނަށް މަސްތުވާތަކެތި އެތެރެކޮށް އެންމެފަހުން ޓްރާންސިޕް ބަދަރަކަށްވެސް މިތަން ހަދައިފިއެވެ. ރާއްޖޭގެ ކަޑުއަޑީގަޔާއި، ފަރުފަރުގައި މަސްތުވާތަކެތި ރައްކާކޮށް ޑައިވިން ކުރުން މަނާ ސަރަހެއްދެއްކަމަށް ހަދާ، ހިމާޔަތްކުރެވިފައިވާ ފަރެކޭކިޔާ ބޯޑުޖަހާ އެތަނަށް ނުފީނޭގޮތަށްވެސް ހަދައިފިއެވެ. މިއީ މައުމޫނުގެ ސަރުކާރުގައި ކޮށްފައިވާ ކަންތައްތަކެވެ. އަދިއަދަށް ދާންވެސް އެކަންކުރި މީހުން ނުފެނެއެވެ. މިދައްކަނީ ހަރުވާޅެއްގެ ފައިކޭޓަށް ލައިގެން ގެންގުޅެނިކޮން އަތުލައިގެން އެންމެ ޕެކެޓެއް ދެޕެކެޓެއްގެ ވާހަކަ އެއް ނޫނެވެ. ޓަނުން ނެވެ.

މުޅިގައުމު މަސްތުވާތަކެތިން ހަލާކުވެ ދިޔަފަހުން މިހާރު އެއްކަލަ ބޮޑެތި ޑީލަރުންތަށް ހައްޔަރުކުރާ މަންޒަރު ބަލަން ޑީ.އާރު.ޕީ އަކަށް ހިމޭނަކުން ނުތިބެވުނެވެ. ފާޑުކިޔަން ފަށައިފިއެވެ. ބަލަ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރާ މީހުން ހައްޔަރުކުރީމަ އެކަމާ ފާޑުކިޔަންއޮތީ ކޮން ހައްގެއްހެވެ.؟ އެކަން ނުކުރަންވީހެވެ. ނޫނީ ޑީ.އާރު.ޕީ ގެ ބޮޑެތި މީހުން ފަލީހަތްވާން ކައިރިވަނީ ދޯއެވެ.

ދުނިޔޭގަ އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރާކަމަށް ކިޔާއުޅެނީ ކޮލަމްބިޔާ އެވެ. އެއީ މަސްހޫރު އެސްކޯބާގެ އުފަން ގައުމެވެ. އެސްކޯބާ ބަންދުކުރަން ކޮލަމްބިޔާ ސަރުކާރުން އުޅުމުންވެސް އަގައުމުގެ ޕާލިމެންޓް މެންބަރުން ތެރެއިން ބަޔެއްމީހުން ދެކޮޅުހެދިއެވެ. އެއީ އެމީހުނަށް ހަރަދުކޮށް އެކަން ކުރަން މަގުފަހި ކޮށްދެނީ މިބުނާ ޕާލިމެންޓު މީހުނެވެ. މިރާއްޖޭގައިވެސް މިވަނީ އެހެންހެވެ. ޑްރަގު ވިޔަފާރިކުރާ ބޮޑެތި މީހުނާއި، ޑީ.އާރް. ޕީ ގެ ބޮޑެތި މީހުނާ ގުޅެނީހެވެ. މިވަނީ ކިހިނެތްހެވެ. އެގޭހާވެސް އެއްޗަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުން ހިފާހައްޔަރު ކުރުމަށް ޑީ.އާރު.ޕީ ބޭނުން ނުވާކަމެވެ. މިކަމުގައި ކޮންމެވެސް ކަމެއްވާނެއެވެ. އެހެންނޫނީ މިކަމާ ދެކޮޅަށް މިމީހުން އަޑުލައްވަންވީ ސަބަބެއް ހަމަ ވިސްނާ ވިސްނާ ނޭތްގުނެވެ.

އުމަރު ނަސީރަކީވެސް ނިކަން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާކަމަށް ހެދިގެން އުޅޭ މީހެކެވެ. ނަމަވެސް ފުލުހުން ފަހުން މި އަތުލަގެތް މީހާ ހައްޔަރުކުރީމަ މުޅި ގައުމު އެކަމާ އުފާކުރިއިރު އުމަރު ނަސީރު ހަމަ ޗުއްޕުވެސް ބުނެނުލާ ބޮނދާ ތިއޮންނަނީ އަނެއްކާ ކިހިނެތްވީހެވެ. ؟ އެސޮރާއި އެއްވެސް ކަހަލަ ގުޅުމެއް އޮންނަނީހެވެ. ނޫނީ އެއީ ޕާޓީގެ ކައުންސިލް އިން އެވާހަކަ ދައްކަން ފާސްނުވާތީހެވެ. އުމަރު ހުރިހާކަމެއްވެސް ކުރަމުން އަންނަނީ ޕާޓީގެ ކައުންސިލް އިން ނިންމާގޮތަށެވެ. މިފަހަރުވެސް ކޮށްގެން އުޅޭ ހެއްވާ ކަންތައް ދެކިބަލާށެވެ. އުމަރު ނަސީރު ޕާޓީގެ ނައިބު ރައީސް އަކީ ގައްސާނާ ވާދަ ކުރާ ތިމަރަފުށި ދާއިރާގެ ކެންޑިޑޭޓެކެވެ. ނައިބު ރައީސް އަށް ތާއިދު ނުކޮށް ރައީސް ކަލޭގެ މި ތާއިދު ކުރަނީ ވާދަވެރި ޕާޓީގެ ކެންޑިޑޭޓަށެވެ. އަޅެ ބަޔަކު މޮޔަނުވާނެހެވެ.

ކޮންމެއަކަސް ޕޮލިހުން އެދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހުރިހާ ބޮޑުން ހައްޔަރު ކުރަމުންނެވެ. މޫނަށް ކަދުރާއަކަށް މިހާރު ނުބަލާނެއެވެ. މިހާރުވެސް މީން ޒަމާނަކު މީހުން އަތުނުލާވަރަށް މީހުނާއި، އެއްޗެހި ފުލުހުން އަތުލައިފިއެވެ. މިކަމާ ޑީ.އާރު.ޕީ ކިތަންމެ ވަރަކަށް ދެކޮޅުހެދިޔަސް މިކަންދާނީ ކުރަމުންނެވެ.

ޑީ.އާރު.ޕީ މީހުން މިކަމާ ކަންތައްބޮޑުވާނެ ކަމެއްނެތެވެ. ތިކިޔާ މެޖޯރިޓީ އެބައޮތެއްނޫންހެވެ. ގާނޫނެއް ހަދާފަ މަޖްލިސް އަށް ވައްޓާލާށެވެ. ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާމީހުން ހައްޔަރުކުރުމުގެ ކުރިން މަޖްލިސްގެ ކޮމެޓީއަކުން ހުއްދަހޯދާގޮތަށް ބިލެއް ހުށަހަޅާ ފާސްކޮށްލާށެވެ. ރައްޔިތުންނަށް ބަލާއެއްޗެއް ނޫނެވެ. ބަލަންވާނީ އަމިއްލަ އެދުމަށެވެ. އެހެންނޫނީ ފަހަރެއްގައި ކަލޭމެން ހުރިހާ ބޮޑުންވެސް މިކަމުގައި ބެދިދާނެއެވެ. މިބުނާ ކޮމެޓީގެ މުގައްރިރަކަށް ލާނީ ޔާމީނެވެ. ދެން ތިބެއް ވާނީ ނިހާނު އާއި، އަލީ ވަހީދުއާއި، ޖަންގިޔާ ނާޒިމު އާއި، ރޮޒެއިނާއެވެ.

މިބުނާ ގާނޫނުގައި މިބުނާ މާއްދާ ކޮންމެހެން ވެސް އޮންނަން ވާނެއެވެ. " މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ފެނި އަތުންހިފާ ، ވީޑިޔޯ ކުރިޔަސް އެމީހަކު ހައްޔަރު ކުރަންވާނީ ރައްޔިތުންގެ މަޖްލިސްގެ ޑީލަރުންނާއި ބެހޭ ކޮމެޓީގެ ލަފާގެ މަތީންނެވެ. އެމީހުން ހައްޔަރުކުރުމަށް ހުއްދަދޭނީ އެކޮމެޓީގެ މުގައްރަރެވެ " މި މާއްދާ ކޮންމެހެންވެސް އޮންނަން ޖެހޭނެއެވެ.

އިހައްދުވަހު ފުލުހުން މި އަތުލައިގެން ބޮޑު ޑީލަރު އަތުލިފަހުން ޑީ.އާރު.ޕީ މީހުން މިއުޅޭގޮތުން ހައިރާންވެ އަތުގެ މެދު އިގިލީގަ ދަތްއަޅާ އަޅާ މިހާރު ތަދުވާން ފަށައިފިއެވެ. އަހަރުމެން މިތިބީ މިމީހުން އުޅޭގޮތުން ދެމިޔަކުން ސޮނި އޮހިފައެވެ. ހާދަހާވާ ކަންތައް އެބަހުއްޓެވެ. އެންމެ ފަހުން ހޯމް މިނިސްޓަރ ސިހާބު ވެސް މިކަމާއި ބޭރުކުރަން ނިންމައިފިއެވެ. ހަމަ ކޮސްވެއްޖެއެވެ. މިވެސް ދެން މީހުން ދޮތައެވެ.

މަވޯޓާމަން އަލްހާން މެން ނުސް ކޮންފެރެންސް ދީ ހަދާއިރު ރައްޔިތުންގެ ވިންދު އެގޭހެވެ. ދިވެހިންނަކީ ނިކަން ކުއްލިއަކަށް ކަންތައްތައް ކޮއްލާ ބަޔެކެވެ. 12-13 ގައިވެސް ޖުމުހޫރީ މައިދާނަށް އެއްވީ ޖެހިގެން ހުރި ޕޮލިސް އޮފީހަށާއި، ސިފައިންގެ މީހުނަށް ދޮންކަޅުވެސް އަންގާނުލައެވެ. ހަމަ ކުއްލިއަކަށް އެއްވީއެވެ. ތިހެން އުޅެނިކޮން ހަވަރަށްލާ މާލޭގައި ގަންހިންގަންވެސް ފަހަކު ނުޖެހޭނެއެވެ. ހަދާނެ އެއްޗެއް ހަދަން ދިވެހިން ދެން ނުތިބޭނެކަން އެގެއެވެ. މިހާރުވެސް ކަންކަންމަތީގައާއި، ސައި ހޮޓާތަކުގައި އެ ދައްކަނީ ހޯމް މިނިސްޓަރު އިތުބާރު ނަގާދުވަހު މަޖްލިސްގެ ކައިރިޔަށް ދާން ރާވާ ސައްލާ ކުރާ ވާހަކައެވެ. އެއްބަޔަކު ދާން ރާވަނީ މަޖްލިސް ކައިރިޔަށެވެ. އަނެއްބަޔަކު ޔާމީނުމެން ގެ ކައިރިޔަށް، އަނެއްބަޔަކު 200 މީހުން ގެ ރޭޓުން އެދުވަހު ސިހާބު އިތުބާރު ނެތްކަމުގެ ވޯޓުދިން މެންބަރުން އުޅޭ ގޭގޭ ކައިރިޔަށެވެ. މިއުޅޭ އެމް.ޑީ.ޕީ އަކީ ނިކަން މިކަހަލަ ކަންތަކަށް ތަޖްރިބާހުރި ބަޔަކެވެ.

ޑީ.އާރް.ޕީ އިން ޑްރަގަށް ހުޅުވި ދޮރުތަށް ބަންދުކުރަން ބަޔަކު އުޅޭއިރު އެކަމާ ކުޑަކޮން ރާޑިވާ ގޮތްވާނެއެވެ. އެއީ ހަމަ އިންސާނީ ތަބީޔަތުގައިވެސް ހުންނަކެމެކެވެ. ތިމާޔަށް ނުވި ކަމެއް އަނެކަކު ކުރަންޏާއި، ނިކަން މައްލަވަކޮށް ފުރައްސާރަ ކުރާނެއެވެ. ތިއުޅޭ އާޒިމާ މެން އަނީސާ މެނަން މިކަން ވަރަށް ރަގަޅަށް އިގޭނެއެވެ.

ދިވެހިންނޭވެ. ހާސްނުވާށެވެ. މިގައުމުން މަސްތުވާތަކެތިވެސް މަދުވާނެއެވެ. އެކަން ކުރާމީހުން ވެސް މަދުވާނެއެވެ. ވިއްކާމީހުނާއި، އެތެރެކުރާމީހުނާއި، ވިއްކާފަ ބައި އަޅާމީހުން ވެސް ހައްޔަރުކުރާނެއެވެ. ސަރުކާރަށް ހިޔާނާތްތެރިވީ މީހުނާއި، މަކަރު ހަދާއި، ވައްކަންކުރި މީހުން ވެސް ހައްޔަރު ކުރާނެއެވެ. އަދަބު ދޭނެވެއެވެ. އެކަމާއި މޭބޮޑުވެގެން ޑީ.އާރު.ޕީ ފާޑު ފާޑުގެ ވާހަކަ ދައްކާނެއެވެ. ( އަންނި މިފަހަރު އިގިރޭސިވިލާތަށް އެދިޔައީ ފާޑަކަށް ޔާމީނަށް ވޯނިންގ ދީފައެއްނުދޯ އެވެ. އަންނި އަބުރާ ރާއްޖެ އައިސް ދެން މިބުނާ ކަމިސަނަށް ދާންޖެހޭ މީހުން ގެންދާ މަންޒަރި ބަލަން ތިބެއްޗެވެ.)

No comments: