Thursday, May 28, 2009

ކައުންސިލް ކެންޑިޑޭޓްގެ ބޮޑު ސްކްރީން

ކުރިޔަށް މިއޮތީ ރަށު ކައުންސިލްގެ އިންތިޙާބެވެ. އަދި މިއިންތިޙާބު ސީދާ އޮތް ތާރީޙެއް އިއުލާން ކުރެވިފަނެތަސް އިންތިޙާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން މިހާރުދަނީ ސީދާކޮންނާއި އަދި ނުސީދާކޮށް ކެމްޕެއިން ކުރަމުންނެވެ.ކެމްޕެއިން ކުރުމަކީ މައްސަލައެއްނޫނެވެ. ހިތާމައަކީ މިގޮތަށް ކެމްޕެއިން ކުރަމުންދާ ބައެއް ކެންޑިޑޭޓުން ރަށުގެ ރައްޔަތުންނާ ދެކޮޅަށް އެބޭފުޅަކަށް ފެންނަގޮތަކަށް ކަންތައްތަށް ކުރަމުން ގެންދާތީއެވެ. މިގޮތަށް އަމިއްލަ އެދުމުން ފޯވެފަހުރި މާވަރުގަދަ ކެންޑިޑޭޓަކު ހުޅުދޫ އާރެތަންގަޑުގެ ބޮޖަޑާ ސްޓޭޑިއަމް ސަރަހައްދަށް މިހާރު އުޅޭނޭ ފާވެގެންނެވެ.

ރޭގަ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންވީ ހުޅުދޫގެ ބޮޑުމަގުގައި ނުވަތަ ހުޅުދޫ ސަދަންޕޮއިންޓް ރެސްޓޯރެންޓް ސަރަހައްދުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރޭގަ ނިމިގެންދިޔަ ޗެންޕިޔަންސް ލީގުގެ ފައިނަލް މެޗް ވަގުތުން ބަލާލާށެވެ. އަޅުގަޑުމެންގެ ރަށަކީ ބޮޑު ސްކުރީނުން މިކަހަލަ މެޗްތައް ބަލަން މާކަ ގިނަ ޕްރޮޖެކުޓަރުތަކެއް ހުރި ރަށެއްނޫނެވެ. ލިބެން ހުންނަނީ 1 ނުވަތަ 2 ޕްރޮޖެކުޓަރެވެ. އެއީ ހުޅުދޫ އޮފީހުގެ ޕްރޮޖަކުޓަރާއި ( އޭތި ގުދަން ކޮށްފައިން އޮންނަނީ ޖަމީލުގެ ޖަގިޔާތެރޭގަ ) އެއްކަލަ ޗިޕް މީހުންގެ ޕްރޮޖަކުޓަރެވެ.

މިހާ މަދުއަދަދެއްގެ ޕްރޮޖަކުޓަރު ރަށުގައި ތިއްބާ އެއްކަލަ ކައުންސިލް ކެންޑިޑޭޓް މިބޭނުންވީ ރަށުގެ ޒުވާނުން އެންމެން ބޭނުންވެފަ ތިބި ގޮތާ ދެކޮޅަށް މީނަގެ ގެ ކާރީ މި ޕްރޮޖަކުޓަރު އަޅުވައިގެން މީނަ ނާޗަރަންގީ ކުޅޭށެވެ. ކެމްޕޭނަށް މީހުން އަންނަވަރާއި މީހުން މީނައަށް ސަޕޯޓްކުރާވަރު ދައްކާލާށެވެ. މީ ރަށުގެ މުސްތަގުބަލް ކަޑައަޅާ ރަށުގެ އެންމެ އިއްޒަތްތެރި ކައުންސިލް އަށް ކުރިމަތިލާން އުޅޭ ކެންޑިޑޭޓުގެ ފެންވަރެވެ. ގިނަމީހުން ބޭނުންވާ ގޮތަށް ކަންތައްތައް ނިންމުމުގެ ބަދަލުގައި މި ފެންނަނީ އަމިއްލަ އެދުމާއި ތިމާއަށް ފެންނަގޮތަށް ކަންތައްތައް ނިންމާ ރަށްޔަތުންގެ ނިންމުމަށް އިޙްތިރާމްނުކުރާތަނެވެ. މީ މިއަދު މި ބޭފުޅާގެ ފެންވަރުކަމުގައި ވާނަމަ މާދަމާ ރަށު ކައުންސިލަށް ހޮވިއްޖެނަމަ ދެންކިހިނެއްވާނެބާ ؟ ތިމާގެ ހައިބަތާ ތިމާގެ އިއްޒަތް ދެއްކުމުގެ ބޭނުމުގައި ކައުންސިލް ގޮޑިކޮޅާ ބާކީ ކައުންސިލް މެމްބަރުންގެ ޖަގަހަ ގެންގޮސް ހުޅުދޫ ވަތަނިޔާ އެންޓެނާގެ ބޮޑުގައި ނުބާވާނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯއެވެ. .....ހޯޅި ކާކާ .....

No comments: