Thursday, May 28, 2009

.ހުޅު-މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، މެމްބަރުކަމުގެ ޤާނޫނީ ހުވާ މިއަދު ކޮށްފި

" އަހުރެން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގޭ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ރައްޔަތުންގެ ޙައްޤުތަށް ދެމެހެއްޓުމަށާއި، ޤައުމަށް އިޚުލާސްތެރިވުމަށާއި، ރައްޔަތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން އަހުރެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއުލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަތް މާތްﷲ ގަންދީ ހުވައި ކުރަމެވެ " މި އިބާރާތް ވަރަށް ފަށުވިކަމާއި ސާދާ ކަމާއިއެކު ހިތުތެރޭގައި އެއްވެސްކަހަލަ ވަހުތާނީ އެދުންވެރިކަމެއްނެތި ތެދުވެރިކަމާއެކު ފަސޭހަ ދޫފުޅަކުން ވިދާޅުވުމަށްފަހު ހުޅު-މީދޫ ދާއިރާގެ ރައްޔަތުންގެ މަޖިލީހުގެ ގޮޑި ކާމިޔާބު ކުރެއްވި އިޒަތްތެރި މެމްބަރު މެމްބަރުކަމުގެ ޤާނޫނީ ހުވާ މިއަދު ހެދުނު 10:14 ވީ އިރު ކޮށްފިއެވެ. ގައުމުގެ އިންތިގާލީ މަރުހަލާގެ އުއްތަމަ ފަޑިޔާރު ސ.މީދޫ އަބުދުއްﷲ ސައިދު ހުވާލާދެއްވި މިހުވާކުރުމުގެ ރަސްމީޔާތުގައި ހުޅު-މީދޫ މެމްބަރުގެ އިތުރުން މަޖިލީހުގެ 75 މެމްބަރަކުވެސްވަނީ މެމްބަރުކަމުގެ ޤާނޫނީ ހުވާކޮށްފައެވެ. މަޖިލީހުގެ ޤާނޫނީ އަދަދަކީ 77 މެމްބަރުކަމުގައިވިޔަސް މިއަދު މަޖިލީހުގެ ހުވާ ކުރެއްވީ 76 ދާއިރާގެ މެމްބަރުންނެވެ. ހުވާނުކުރާ ދާއިރާއަކީ ވޯޓުލުމުގައި މައްސަލަތަކެއްކުރިމަތިވި އަދި އެމައްސަލަތައް ހައިކޯޓްގައި ކުރިޔަށްދާ ތިމަރަފުށީގެ ދާއިރާއެވެ.

މިއަދު އޮތް ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގައި މިހާރު އެންމެ ގިނަ ދުވަސްވީ މެމްބަރު ( 20 އަހަރު ) ކަމުގައިވާ ށ.ކަޑިތީމުގެ އިއްޒަތްތެރި މެމްބަރު މުހުއްމަދު ހުސެއިންއެވެ. މިއަދު މަޖިލީހުގެ ރިޔާސަތު މުހުއްމަދު ހުސެއިން ބެލެހެއްޓެވީ ވަގުތީގޮތުން މަޖިލީހުގެ ކުރިއަތް އޮތް ފަސްއަހަރުގެ ރައިސް އަދި ނައިބު ރައިސް އިންތިޙާބުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ. މައަދުގެ މަޖިލީހުގައި އެޖެންޑާކުރެވިގެން ކުރިޔަށް ގެންދެވި ހަމައެކަނި ކަމަކީވެސް މަޖިލީހުގެ ރައިސް އަދު ނައިބުރައިސް އިންތިހާބުކުރުމެވެ.42 ވޯޓުން މަޖިލީހުގެ ރައިސަކަށް ހޮވިވަޑައިގަތީ ޑީ.އާރު.ޕީ ނިސްބަތްވާ ވ.ކެޔޮދޫ ދާއިރާގެ މެމްބަރު އަބުދުއްﷲ ޝާހިދެވެ. ނައިބު ރައިސަކަށްހޮވިވަޑައިގަތީ މ.ދިއްގަރު ދާއިރާގެ މެމްބަރު ޖަގިޔާ ނާޒިމުއެވެ. ޕީ.އޭ އަށް ނިސްބަތްވާ މި މެމްބަރަށް ލިބިވަޑައިގަތީ 41 ވޯޓްއެވެ. ...އަބޫއުރެއިބު.....



No comments: