Tuesday, June 2, 2009

ހުޅުދޫ އަދި މީދުއަށް ކައުންސިލަރުން ލައްގައިފި

ހުޅުދޫ އަދި މީދޫގެ ރަށު ކައުންސިލަރުގެ މަގާމަށް ރައިސުލް ޖުމުހޫރިއްޔާ މުހުއްމަދު ނަޝީދު މިއަދު ދެބޭފުޅަކު ހަމަޖައްސަވާއިފިއެވެ. ރައިސުލް ޖުމުހޫރިއްޔާގެ އޮފީހުން ވަތިވެޑިއަށް ދާދި ދެންމެޔަކު ފޯނުގެ ޒަރީއްޔާއިން މެސެޖު ދެއްވަމުން ރައިސުލް ޖުމުހޫރިއްޔާ އޮފީހުގެ ޕްރެސް ސެކެޓެރީ އަބުދުﷲ ޒުހެއިރު ވިދާޅުވި ގޮތުގައި ހުޅުދޫ ގެ ކައުންސިލަރަކަށް ހަމަޖެއްސެވީ މިހުރިހާ ދުވަހެއްވަންދެން އެމް.ޑީ.ޕީ އަށް މަރުދީ އަޑުގަދަކުރި ދެގޮތެއްނުވާ އެހެންނަމަވެސް ފަނިހަދަން ޖެހޭވަގުތު ހިއްމަތާއެކު ފަނިހަދާ ފުއަށް ޕޮއިންޓް، ކަޅުމަގުގޭ އިބުރާހިމް ޒުބައިރު އެވެ. މީދޫ ގެ ރަށުކައުންސިލަރަކަށް ހަމަޖެއްސެވީ ކުޅަދާނަ ނޫސްވެރިޔާ އަދި މީދޫ ލައިވުގެ ޗީފް ބުރިގޭޑިޔާ އިނިސްޕެކުޓަރު އެޑިޓަރ ބުނި ކުއްފިލުވާ މީދޫ ކަށިމާވާދީ ހަސަން ޝާހިދެވެ.

ދެ ބޭފުޅުންނަށްވެސް ވަތިވެޑިގެ އެންމެހާ މުއައްޒަފުންގެ ފަރާތުން އަދި އަޅުގަޑާއި އަޅުގަޑުގެ އަންހެނުންނާއި އަދި ކުދިންގެ ފަރާތުން އިޙްލާސްތެރިކަމާއެކު ރަށުގެ ހާލަތާއި ވިންދަށް ވިސްނުމަށްފަހު ތަހުނިޔާއާއި މުބާރަކުބާދީ އަރިސް ކުރާހާލު، ތެދުވެރިކަމާއި، އިޙްލާސްތެރިކަމާއި، ރައްޔަތުންގެ އަޑުއަހާ އެއަޑަށް އިހުތިރާމްކޮށް ކަންކަންނިންމާ، ހުއްބުލް ވަތަނުގެ ތެދުވެރި ދަރިންނަށް ވުމަށް ނަސޭހައްދެމެވެ. އަދި ތި ދެބޭފުޅުންގެ އެންމެ ފުރަތަމަ ކަމަކަށް ގަމުގައި ހަދާބަދަރުގެ ބަޖެޓް ފޭދޫ ބަދަރު ހަދަން ބަދަލުކުރާމައްސަލަ ނަންގަވާ އެމައްސަލާއިގެން ކުރިޔަށް ދިއުމަށް ދަންނަވަމެވެ.

(މައުލޫގެ 100 މޭލު ބޭރުން ) ތުބުޅި ނުބާލާ އުޅޭ ތުބުޅީގައި އުކުނުއަޅާފަހުރި، ތުބުޅިން ކަރޮގޮހޮރު ވަސްދުވާ ތެޔޮ ހިއްޕަވާ ދެކުނު ޕްރޮވިންސްގެ ސްޓޭޓްމިނިސްޓަރ ތެޔޮ މުހުއްމަދު ނަސީރުގެ ނިންމުން ބަދަލުކޮށް ރައްޔަތުން ނަށް އިޙްތިރާމްކޮށް ހުޅުމީދޫ މީހުންނާއި ދޭތެރޭ ވިސްނާ ކަންކަން ނިންމެވުމަށް ދަންނަވަމެވެ. ދެން ހުޅުމީދުއަށް ވަޑައިގަންނަވާއިރު ތުބުޅި ބޭލުމަށް އިލްތިމާސް ކުރަމެވެ. އެހެނީ އަޅުގަޑުމެންފަދަ ޖައްބާރު މީހުން ބިރު ނުގަތަސް މި ދެރަށުގެ ކުޑަކުދިން ނާއި އަންހެނުން އަދި މުސްކުޅިން ބުނާ އަޑު އިވޭތީ މިވާހަކަވެސް ހަމަ ދަންނަވާލީއެވެ. ...މެލަ މިތުރާ....

No comments: