Wednesday, June 17, 2009

ހެރަތެރައާއިމެދެ މަގޭ ޙިޔާލު

ހެރަތެރަ ރިސޯޓް ނުވަތަ ހަނދުފުށި ރިސޯޓަކީ އަޅުގަޑުމެން އައްޑޫ ރައްޔަތުން ވަރަށް ފޮނި ފޮނ އުންމީދުތަކަކާއެކީ މި އަތޮޅުގައި އުފަންކުރުވި ރިސޯޓެކެވެ. ދިވެހި ރައްޔަތުންނާއި ސަރުކާރު ހިއްސާވާ އެމް.ޓީ.ޑީ.ސީ އިން ވަރަށްބުރަ މަސައްކަތެއްކޮށްގެން ހެރަތެރަ ރިސޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ފަތުރުވެރިންނަށް ހުޅުވާލީ މި އަތޮޅަށް އެ ރިސޯޓްގެ ސަބަބުން ގިނަގުނަ މަންފާތަކެއް ކުރާނެކަމުގެ ފޮނި ހުވަފެންދެކެމުންނެވެ. އަދި ނުހެދި 30 ވަރަކަށް އަހަރުވެފައިވާ ވިލިގިލީގެ ސަބަބުން ދެން މިއަތޮޅުގައި ރިސޯޓެއް ހެދިގެން ދިއުމަކީ ދުރުކަމެއްގެ ގޮތުގައި ބުނަމުން ދިއަ މީހުންނަށް ހެރަތެރަ ރިސޯޓެއްގެ ގޮތުގައި ހެދިގެން ދިޔަ ދިއުމަކީ މިއަތޮޅުގެ ރައްޔަތުން އެކަމަށްޓަކައި ނިހާޔަތަށް އުފާކުރި ކަމެކެވެ.

ހެރަތެރަ ރިސޯޓަކީ އަޅުގަޑުމެންގެ އަތޮޅުގެ ފުރަތަމަ ރިސޯޓްކަމުގައިވިޔަސް މިއަދު ހެރަތެރަ އަކީ އަޅުގަޑުމެން ދެކެން ބޭނުންވި ހެރަތެރަ ރިސޯޓެއް ނޫނެވެ. އަޅުގަޑުމެން މިއަތޮޅުގެ ރައްޔަތުން ޙާއްސަކޮށް ހުޅުމީދޫ ( މިތާގައި ހުޅުމީދޫ ލިޔުނީ، ހުޅުމީދޫ އަކީ އެއް އިދާރީ އޮނިގަޑެއްގެ ދަށުން ހިގާ އެއްރަށެއްގެ ގޮތުގައި ދެކެން އަޅުގަޑު ބޭނުންވާތީ ) ރައްޔަތުން ހެރަތެރަ ރިސޯޓާއި މެދު ކުރީ ވަރަށް މަތިވެރި އުއްމީދުތަކެކެވެ. ރަށުގައި އަބިދަރިން ކާރީ ތިބެގެން ވަޒީފާލިބޭނެ ކަމުގެ އުއްމީދުގައި އަޅުގަޑުމެން ވަޒީފާތަކަށް ދިޔައީމެވެ. ކާރީގައި ރިސޯޓެއް އޮތުމުން ސަބަބުން ކުދި ވިޔަފާރިތަކަށް އޭގެ ހެޔޮ ބަދަލު އައިސް ރަށުގެ އިގުތިސާދު ތަނަވަސް ވެގެންދާނެ ކަމުގެ ފޮނި އުއްމީދު ކުރީމެވެ. އެހެން ނަމަވެސް ހިތާމައާއި އެކު ދަންނަވަން ޖެހެނީ ހެރަތެރައާއި މެދު އަޅުގަޑުމެން މި އުއްމީދުތަކެއް ނުކުރި ނަމަ މިއަދު ހިތަށް ތަންކޮޅެއް ފަސޭހަވީސްއެވެ.

ނިމިދިޔަ އަހަރުގެ މެދުތެރޭގައި ހެރަތެރަ ރިސޯޓް އެމް.ޓީ.ޑީ.ސީގެ އޭރުގެ ވެރިން ޙާއްސަކޮށް ނަގުލަކާއި ދަޅެއް މަދު ދީދީގެ ނަގޫކެޑި ސޯލިހު އަޑީގައި ހުރެގެން ހަމަ ގަސްތުގައި އައްޑޫ މީހުންނަށް ޙާއްސަކޮށް ހުޅުމީދޫ މީހުންނަށް ދޯކާ ދިނުމުގެ ބޭނުމުގައި ހެރަތެރަ އެމް.ޓީ.ޑީ.ސީ އިން ނުހިންގޭނެއޭ ބުނެ ރިސޯޓް ބިޑަށްލުމަށްފަހު، ރާއްޖޭގައި ރިސޯޓް ވިޔަފާރި ހިންގާ އެންމެ މޮޅުމީހުންނަކީ މިއުޅޭ ވަލުޖަނަވާރު ހިޔަޅު ލޮލީއޭ ބުނެ އެ ރިސޯޓް ލޮލީއަށް 27 އަހަރަށް ކުއްޔަށް ދިނެވެ. އޭރުވެސް މި ދީދީގެ ނަގޫކެޑިގެއިޔަށް މިދުވަސް އަންނާނެކަން އެގޭތީ އައްޑޫ މީހުންނަށް ދޯކާ ދީފަ އެމް.ޓީ.ޑީ.ސީ އިންވެސް އިސްތިއުފާ ދިނުމަށްފަހު ރާއްޖެއިން ފިލައިގެން ސިންގަޕޫރަށް ގޮސް މިހާރު ހައްވަ ( ސިންގަޕޫރުގެ އަންހެނުން..) ދެފާދޭތެރޭ ތަށި އުފައްދާ ކުންފުންނެއް ހަދައިގެން ތަށި އުފައްދަނީއެވެ. ބޮޑު ހިމާރޫ..........

ކޮންމެޔަކަސް މިއަދު މިއޮތީ އަޅުގަޑުމެން ބަލަން ބޭނުންނުވި ދުވަސް ފެނިފައެވެ. 3 މަސް ނުވަތަ 6 މަސް ވެގެން ދާއިރުވެސް މުއައްޒަފުންނަށް މަހު މުސާރަކޮޅު ނުލިބެއެވެ. ހެރެތެރައިން ބަގުރާގެ ބުއިންތަށް އަތޮޅުތެރޭގައި ދެމެމުން ދަނީ ނީލަ ކޯރުގެ ފެންގަޑު މިސްރުން ވަދެގެން ގޮސް އިތިއޯޕިޔާއަށް ވަދެގެން ދާގޮތަށެވެ. ރަގަޅުކާނާއެއް މުވައްޒަފުންނަށް ނުދޭތާ ރަގަޅު ބޯފެނެއް ނުލިބެއެވެ. ހުސް މައްސަލައެވެ. މައްސަލައަކަށް ފަހު މައްސަލައެކެވެ.

ރިސޯޓްގެ މައްސަލަ ބޮއްސުންލާއިގެން ދިއުމުން ހައްގު ހޯދުމުގެ ނަމުގައި ހެރަތެރޭގެ މުވައްޒަފުން، ޖަގިޔަލަށް ތިކި ބުރައިގެންދާވަރަށް އަޑުގެކޮޅަށް ހަޅޭލަވާ މުޒާހަރާ ކުރަންފެށިއެވެ. މުޒާހަރާ އަކުން ކެއްކުނު ރިހައެއްނެތެވެ. ކީއްކުރާނީތޯއެވެ؟ މުޒާހަރާ ކިތަންމެވަރަކަށް ކުރިޔަސް އަދި މުޒާހަރާ ކުރާބަޔަކު މުޒާހަރާކުރަމުން ގޮސް ގަޔަށް ގޮރު ކެޑުނަސް ޖާހިލެއްގެ ހިތަކަށް ވަންނާނީ ކޯއްޗެއްތޯއެވެ؟ އަޅުގަޑުމެންގެ އިއްޒަތްތެރި މެމްބަރަކަށް މިއުޅޭ ދޮން ރަޑާލި އިލްޔާސްބޭބޭވެސް ރައްޔަތުންނަށް، ތިމަންނަވެސް ހެރަތެރޭގެ މައްސަލާގައި ކަންބޮޑުވާކަން ފާޅުކުރުމުގެ ގޮތުން ދަރުބާރުގޭ ފަންސަވީސް މާލަމުގައި ހުރެގެން ސައްބީސް ފަހަރު ޖާބިރު ހެރަތެރެއިން ފޭބުމަށް އެދި ރޮއި އާދޭސްކުރިއެވެ. އެވަރަށް އާދޭސްކޮށްފަ ހެރަތެރެއިން ފޭބުމަށް ގޮވީމަވެސް ޖާބިރު ހަތާވީސް ފަހަރު ފަޑަބޯންދީފަ ވިދާޅުވީ ހަތާވީސް އަހަރުން ނޫނިއްޔާ ހެރަތެރައިން ނުފައިބާނެކަމަށެވެ. އެއީ އިއްޒަތާނަފުސެގެ ވެރި އިއްޒަތްތެރި މެމްބަރެވެ. މީ ނިކަމެތި ރައްޔަތުންނެވެ. ދެން އަޅުގަޑުމެން ބުނެގެން ޖާބިރު ހެރަތެރެއިން ފައިބާނެކަމުގެ ގަރަންޓީއެއް ހަމަގައިމުވެސް ނެތެވެ. ކީއްކުރާނީ ތޯއެވެ؟ އަޅުގަޑުމެން ހަމަ މިހެން ތިބުން ނޫންގޮތެއް ނެތެވެ...ހެރަތެރަ އިއްބެ...

No comments: