މީދޫ މަގެއް ބަންދުކުރުމުން ހުޅުދޫ ރައްޔަތުން ދެރަށްވަކިކުރުމަށް އެދެމުންދާކަމަށް މީދޫ ކައުންސިލަރު ހަސަންޝާހިދުގެ މޭސްތިރިކަމުގެ ދަށުން ހިންގާ ވެބުސައިޓެއްގައި ލިޔެފަ އޮތުމުން އެކަމާ ވަތިވެޑީގެ ފަރާތުން ކަންބޮޑުވެއެވެ. ވަކި އަތަކަށް ބުރަވެ ވަރަށް ބޮޑަށް ހުޅުދޫ މީހުންނާ ޒާތީ ގޮތުން ޖެހޭކަހަލަ އިބާރާތަކުން އެބޭފުޅާގެ މޭސްތިރިކަމުގެ ދަށުން ހިންގާ ވެބުސައިޓެއްގަ ލިޔެފަ އޮތުމުން އެބޭފުޅާގެ ގާބިލްކަމާއިދޭތެރޭ ސުވާލު އުފެދެއެވެ. އަޅުގަޑު މީދޫ ލައިވުގައި ހުރި އާޓިކަލް ކިޔާލުމުން އަޅުގަޑު ހަދާން ވެގެން ދިޔައީ 2000 ވަނައަހަރު ފަލަސްތީނު މީހުން ރުޅިއަރުވަންވެގެން އޭރު އިޒުރޭލުގެ ދިފާއީ ވަޒީރަކަށްހުރި އެރިއެލް ޝެރޯން މުސްލިމުންގެ 3 ވަނަ ހަރަމްފުޅުތެރެއަށް ވަނުމުން ފަލަސްތީނުގެ މުސްލިމުން ރުޅި އައިސްގެން ހިގާދިޔާ ހަގުރާމައެވެ.އަދި އޭގެ ނަތީޖާއެއްގެ އިޒުރޭލުގައި ޖެހިގެން އައި އިންތިޙާބުގައި އެރިއަލް ޝެރޯން ވަރަށް މަތީ އަޢުލަބިއްޔަތަކުން ގައުމުގެ ބޮޑުވަޒީރުކަމަށް އިންތިޙާބުކުރެވިގެން ދިޔައެވެ.ކުރުގޮތަކަށް ދަންނަވާނަމަ އިންތިޙާބު ކާމިޔާބުކުރަންވެގެން މެދުއިރުމަތީގެ އަބަދުވެސް މައްސަލަކަމުގައިވާ ފަލަސްތީނު ބިމުގެ މައްސަލައިގައި އެބިމުގެ ހައްގުވެރިން ރުޅިއަރުވާލުމުން މަގުސަދު ހާސިލްކުރެވުނީއެވެ.
ކޮންމެޔަކަސް މީދޫގެ ކައުންސިލަރަކީ އެރިއެލް ޝެރޯންއޭ ބުނާހިތެއް އަދިޔަކުނެތެވެ. އެހެންނަމަވެސް ކުރިޔަށް ރަށު ކައުންސިލް އިންތިޙާބުވެސް އޮތުމާއެކީ ބޮޑަށް ލަފާ ކުރެވެނީ ޝެރޯންގެ މަގުން ހަސަންޝާހިދުވެސް ބޯކޮޅު އަޅާލީކަމަށެވެ. ކައުންސިލަރު ހަސަން ޝާހިދޫ!! ތިބޭފުޅާގެ ވެބުސައިޓްގައި މީދޫ ބޮއްލެއްލޭންނާއި ހަވާލާދީ، ހުޅުދޫ މީހުން މީދޫގެ ކުނި ކޮށްޓަށް ކުނި އަޅާކަމަށާއި، މީދޫގެ ދަޑުތަކުން ވައްކަން ކުރާކަމަށާއި އަދި މީދޫގެ އަތިރިމަތިން ވެއްޔާއި އަކިރި ނަގާކަމަށް ލިޔެފަ އޮތުމުން މަނިކުފާނަށް އެބަޔާންކުރި ކަންތައްތަކުގެ ހެއްކާއި ގަރީނާ ދެއްކިދާނެތޯއެވެ؟ އިއްޒަތްތެރި މަނިކުފާނު ދުވަހަކުވެސް އެފަދަ މަންޒަރެއް ހުޅުދޫ ބަޔަކު ކުރަނިކޮށް ލުލުން ފެނިފައި އެބަހުރިތޯއެވެ؟ އަދި މީދޫގެ ކުނިކޮށި ސާފުކުރަން ދިޔަ މީހުންނާއި ހަވާލާދީ އެސަރަހައްދުގައި ހުރި ގިނަ ކުނިތަކަކީ ހުޅުދޫ އިންގެނެސް އަޅާފަހުރި ކުނިކަން މަނިކުފާނުގެ ވެބުސައިޓްގައި ލިޔެފަ އޮތީ އެ ކުނިތަކުގައި ހުޅުދޫގެ ކުނިކަން އެގޭގޮތަށް ސިއްކަ ޖަހާފައި ހުރީތޯއެވެ؟ ނޫނީ މާލެދާ ބޯޓް ފަހަރަށް ފޮށިގަޑު އަރުވާއިރު ނަންޖަހާގޮތަށް ( މުހުއްމަދު ކުރެން ސިރާޖުއަށް ) މި ބީދައިން ކޮންމެ ކުނިގަޑެއްގައި ހުޅުދޫ ކުރެން މީދޫ އަށޭ ކިޔާފަ ޖަހާފައޮތީތޯއެވެ؟ އަދި ސުވާލެއް ކޮށްލާހިތްވެއެވެ. މަނިކުފާނުގެ ރަށުގެ މީހުންނަކީ ހާދާ މޮޅަށް ކަންތައްތައް ތަހުގީގު ކޮށްލާ ބައެއްދޯއެވެ. މިހެން މިއަހާލީ ކުނިކޮށި ސާފުކުރި މީހުން، އެކުނިތަކަކީ ހުޅުދޫއިން ގެނެސް އަޅާފައި ހުރިކުނިކަން ބުނަން އެގޭނީ ހަމަގައިމުވެސް އެއީ ސައިންޓިސްޓުންނަށް ނުވަތަ ތަހުގީގު ކުރަން އެހާމޮޅު އިންވެސްޓިގޭޓަރުންނަށް ވީމާކަން ޔަގީނެވެ. މަނިކުފާނޫ!! ތިބޭފުޅާގެ ވެބުސައިޓްގައި ލިޔާ އާޓިކަލްތަކަކީ ވަގިގޮތަކަށް މޮޑޮރޭޓްކޮށްގެން ލިޔާ ލިޔުންތަކެކޭ ބުނެ ލިޔުނަކަސް އަދިޔަކު ނުުުފުދޭނެއެވެ. ނޫސްވެރިކަމުގެ މިންގަޑަށް ފައްތާއިގެން ލިޔާށެވެ. ބުންނޭ ބުންނޭ ކިޔާފަ ލިޔުމުގެ ބަދަލުގައި ހަގީގަތް ސާބިތުކޮށް ލިޔާށެވެ. ވަކިބައެއްގެ މަސްލަހަތު ގެއްލޭގޮތަށް ނޫނީ މަނިކުފާން އަޑީގައިހުރެގެން ވަކި ބަޔަކުރުޅި އަރުވަން ނުލިޔާ ޒިންމާދާރުކޮށް ލިޔާށެވެ. އެހެންމީހުން ވެސް ތިބިކަން ހަދާން ކުރާށެވެ.
ހަގީގަތުގައި ކުނި ވަޅުލުމުގެ ނަމުގައި މީދޫ ރޑނ މަގުގެ މެދަށް ވާގޮތަށް އެކުސްކަވޭޓަރު ބޭނުންކޮށްގެން ބޮޑު ވަޅެއް ކޮނުނީ ހުޅުދޫ ބަޔަކު ރުޅި އަރުވުމުގެ ބޭނުމުގައެއް ނޫނެވެ. މަގު ބަންދުކުރުމުގެ ހަގީގީ ބޭނުމަކީ ފުލުހުންނަށް އެބޭފުޅުންގެ ވަޒީފާއަށް ހުރަސްއަޅާ ފުލުހުންގެ ރޭޑުގައި މީދޫއަށްދާއިރު މީދުއަށް ނުވަދެވޭނެގޮތް ހެދުމަށެވެ. މިކަމުގެ އަޑީ ގައި ހުރެގެން މިކަން ކުރުވީ މީދޫގެ މަޝްހޫރު ޑީލަރު ޝާތިރުއެވެ. މީހުންގެ ނިކަމެތި ދަރިން ލައްވާ ހަކުރުވިއްކުމަށާއި، ރާ އުފައްދައިގެން ވިއްކުމަށް ފަސޭޔަހަކަށެވެ. މި ރޑ އަކީ މީދޫ އޮފީހުގެ ވަޒީފާއި ހުރެ ހަކުރު ވިއްކާއިގެން ވަޒީފާއިން ވަކިކޮށް ހުޅުދޫ ރައްޔަތުންގެ ކުރިމަތީގައި ސިފައިންގެ ބެލުމުގެ ދަށުން ދެ އަތާއި ދެފާގަ ޗޭނު ބިޑި އަޅުވައިގެން ޖަލަށް ގެންދިޔަ ރޑ އެވެ. މި ރޑ ނިމިދިޔަ އާއްމު އިންތިޙާބުތެރޭ އެމްޑީޕީ ކެންޑިޑޭޓް ( ހުޅުމީދޫ ގެ އިއްޒަތްތެރި މެމްބަރު އިލްޔާސްލަބީބް ) އިލްޔާސްލަބީބުއަށް ރަށްދުކޮށް ހަޑިހުތުރުބަހުން އެއްޗެހި ގޮވަމުން ދެރަށުގެ ބޮޑެތިމަގުތަކުގައި ޕިކަޕަކުން، މީނަ ސަޕޯޓްކުރި ކުޑަކުދިންނާއި އެޑުވޭ ޑރ. ތަލަބޯ ގޮވައިގެން ކެމްޕޭން ކޮށް ބައިކޮޅަށް ގޯލްޖެހި ރޑ އެވެ. އެދުވަހު ޕިކަޕުން ހަޅޭލަވަމުން ދިޔައިރު މި ނަގޫކެޑިގެޔަ ބުނަމުން ދިޔައީ މި ޗިޕެ ( ރާއްޖޭގެ ނަމްބަރ 1 އައިޓީ ކުންފުނި މެގަޗިޕް ) މީހުންނަކީ މާބޮޑު ރޑނ ކަމަށް އެބަ ހީކުރަމުހޭ !! ފެންވަރު އޮޅިގެން ސައިޒު އޮޅިގެން އުޅެނީ..ތިމަންނަޔަށް ތިމަންނަގެ ސައިޒު އެބައެގެޔޭ..ތިމަންނަގެ ސައިޒަކީ 5 ފޫޓް 6 އިންޗިއޭ..މި ޗިޕެ މީހުންގެ ސައިޒު މާދަމާ (10-05-2009 ) ދުވަހު އެގޭނެޔޭ.. ކޮބާ ކަލޯ ރޑ ކާޅު ކޮންބައެއްގެ ސަައިޒުތޯ މިއަދު އެގުނީ މިހާރު މި ދެރަށު ރައްޔަތުންނަށް އެގޭނެއެވެ. ޝާތިރުމެންކަހަލަ ނުވިސްނޭ ގަމާރުންނަށް ކުރެވޭނީ ތިކަހަލަ ކޮސްކަންތެތިއެވެ. އަޅުގަޑަށް އެގިފައިވާ ގޮތުގައި އަދި ލިބޭ މައުލޫމާތުގެ މައްޗަށް ބުރަވެ ބުނާނަމަ ބުނެވޭނީ ހުޅުދޫ މީހުންނަކީ އަދި ތިހާ ގަމާރު ބައެއްނޫންކަމަށެވެ. ( އަޅުގަޑު ޝާތިރު އަށް ނިސްބަތް ކޮށް ލިޔުނީ ހަގީގަތް ކަން މުޅި ހުޅުމީދޫ ހެކިވާނެއެވެ. )
ޝާތިރުކަހަލަ މަދު ރޑނ ގެ ސަބަބުން މީދޫގެ އަގުވެއްޓިގެން ދާއިރުވެސް ކައުންސިލަރުގެ ވެބްސައިޓްގައި ހުޅުދޫ މީހުން ގެ އަގުވެއްޓޭގޮތަށް އާޓިކަލްތައް ލިޔަމުންދާތީ އެކަމާ ހިތާމަކޮށް އެގޮތަށް ނުލިއުމަށް އައްޑޫ ދަރިއަކަށް ވީތީ އިލްތިމާސް ކުރަމެވެ. އަދި ކައުންސިލަރުގެ ވަޒީފާ އާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަމެވެ. ކުރިއަށް ދެން އޮތީ މީދޫ އާއި އަދި ހިތަދޫ އާއިބެހޭގޮތުން ލިޔާ ލިޔުންތައްކަން ކިޔުންތެރިންގެ މައުލޫމާތައްޓަކައި ބުނަމުން މީދޫ ކަތީބުންގެ ތެރެއިން ކަތީބުންގެ މަންމަ ޖީސީ އަބުދުއްﷲ ރަޝީދު ކާރީ ބުނެލަންބޭނުމީ ރަށުގެ އެތަން މިތަނުގަ ވަޅުގަޑު ކޮނެގެން ދެރަށުގެ މަސްލަހަތުނަގާލުން އެއީ މީދޫ މީހުން ބޭނުންވާގޮތޭ ބުނެ ވާހަދައްކާއިރު އެއީ މުޅި މީދޫ މީހުން ބޭނުންވާގޮތެއްނޫން ކަން ހަނދާންކޮށްދެމުން އެއީ ޖީސީ ގެ އަންހެނުން ބޭނުންވާ ގޮތްކަން ޖީސީއަށް ބުނެދެމެވެ.---- ބޮޑު ބޮއްލެއްލޭ.
No comments:
Post a Comment